ވިޔަފާރި

"ވިލާ ފިއުލް"ގެ ޕެޓްރޯލް ޝެޑެއް އިންޑަސްޓްރިއަލް ވިލެޖްގައި ހުޅުވައިފި


ވިލާ ފިއުލްގެ ޕެޓްރޯލް ޝެޑެއް އިންޑަސްޓްރިއަލް ވިލެޖްގައި ހުޅުވައިފިއެވެ.

ވިލާއިން އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމްކޮށްފައިވާ ޕެޓްރޯލް ޝެޑް ހުޅުވައި ޙިދުމަތްދޭން ފަށާފައި ވަނީ މިއަދުއެވެ.

އެ ކުންފުނިން ވަނީ ތެލުގެ ވިޔަފާރިކުރުމަށް "ވިލާ ޝެޑް"ގެ ނަން "ވިލާ ފިއުލް"އަށް ރީބްރޭންޑްކޮފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިލާއިން ބުނީ އެ ކުންފުނީގެ ގޭހާއި، ސިމެންތިއާއި އަދި ތެޔޮ ވިއްކަމުން އަންނަކަމަށެވެ. އަދި ރީބްރޭންޑް ކުރީ އެ ކުންފުނީގެ ޙިދުމަތްތައް ވަކިން ފާހަގަކުރުމުގެ ގޮތުންކަމަށް އެކުންފުނިން ބުނެއެވެ.

ވިލާ ފިއުލްއިން އިންޑަސްޓްރިއަލް ވިލެޖްގައި ހުޅުވާފައި ހުރި ޕެޓްރޯލް ޝެޑުގައި ޖުމްލަ 16 ފިއުލް ޕޮއިންޓް ހުރެއެވެ. މީގެތެރެއިން 12 ޕޮއިންޓް ޙާއްސަކޮށްފައިވަނީ ޕެޓްރޯލަށެވެ. އަދި އަނެއް 4 ޕޮއިންޓް ޙާއްސަކޮށްފައިވަނީ ޑީސަލްއަށެވެ. ޕެޓްރޯލް ޕޮއިންޓްތަކުގެ ތެރެއިން 8 ޕޮއިންޓް ޙާއްސަކޮށްފައި ވަނީ ސައިކަލަށެވެ. އަދި އަނެއް 4 ޕޮއިންޓް ޙާއްސަކޮށްފައި ވަނީ ކާރު، ޕިކަޕު އަދި ލޮރީފަދަ 4 ފުރޮޅުލީ އުޅަނދުތަކަށެވެ.

ވިލާ ފިއުލްގެ ޕެޓްރޯލް ޝެޑް މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ހުރެއެވެ. އަދި ތިލަފުށީގައިވެސް އެ ކުންފުނިން އަންނަނީ ތެޔޮ އަޅައިދިނުމުގެ ޙިދުމަތްދެމުންނެވެ.