ޚަބަރު

3 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ގދ ތިނަދޫއާއި ސ. ފޭދޫ ގެ އިތުރުން ކ ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.މި ތިން ރަށުގެ ބިންހިއްކުމުގެ މަޝްރޫއުގެ މަަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެންއޫޑް ޑްރެޖިންގ އެންޑް މެރިން ކޮންޓްރެކްޓަރާއެވެ.މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒުއެވެ.މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާރ އާއި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ މި ޕްރޮޖެކްޓަކީ ތިންރަށަށްވެސް ވަރަށް މުހިންމު ޕްރޮޖެކްޓެއްކަމަށެވެ.މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިމަސައްކަތް މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނަކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. މިތިން ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަންނަ މަހުގައި ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މުޅި ޕްރޮޖެކްޓަށް ގާތްގަޑަކަށް ހަސަތޭކަ ތިން މިލިޔަނަށްވުރެއް ގިނަ ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަަރ ވިދާޅުވިއެވެ.މިމަޝްރޫގެ ދަށުން ކޮންމެ ރަށެއްގައިވެސް ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މި މަޝްެރޫއުގެ ދަށުން ގދ ތިނަދޫގައި ފަންސާސް ހެކްޓަރު ބިންހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ސ ފޭދޫގައި 50 ހެކްޓަރ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު ކ ހިންމަފުށީގައި ވެސް 21.6 ހެކްޓަރ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ފެންވަރު ރަނގަޅު ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏަކާއި ކަމަށެވެ.