ކުޅިވަރު

އޭއެފްސީ ކަޕްގެ މަޢޫލޫމާތު ނާންގާކަމަށް ބުނެވުނީ އޮޅިގެން: އެޗްޕީއޭ


އޭއެފްސީ ކަޕްގެ މެޗްތައް ރާއްޖޭގައި ބާއްވަން އުޅޭކަން ނާންގާކަމަށް ބުނެވުނީ އޮޅިގެންކަމަށް އެޗްޕީއޭއެއިން ބުނެފިއެވެ. އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްފައި ރާއްޖޭގައި އޭއެފްސީ ކަޕް ބޭއްވުމުގެ ކަންތައްތައް އަދި އެޗްޕީއޭއަކާއި ހިއްސާކޮށްފައިނުވާކަމަށާއި އެކަން އަދި އެމަޢުލުމާތުވެސް ލިބިފައިނުވާކަމަށް ބުނެފައެވެ.

މިހެން އެޗްޕީއޭއިން ބުނެފައިވާއިރު، އެފްއޭއެމުންވަނީ މީގެ ކުރިން އެކި ފަހަރުމަތިން އެޗްޕީއޭއާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންދާކަމަށް ވިދާޅުވެފައެވެ. މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިދިޔަ މަހުގެ ތިންވަނަ ދުވަހު ލީގް ހުއްޓާލާފައިވާއިރު، ޓީމުތަކުގެ ފަތިރަކުރުންތައްވެސް އެދުސްވަރުގައިވަނީ ހުއްޓާލާފައެވެ. ނަމަވެސް ފަހުން އެޗްޕީއޭ އާއި އެފްއޭއެމާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ހާއްސަ ގައިޑްލައިނެއްގެ ދަށުން ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްވަނީ ހުއްދަ ދީފައެވެ. އެފްއޭއެމުން ބުނީ ލީގް ފެށުމަށާއި އޭއެފްސީ ކަޕްގެ މެޗްތައް ބޭއްވުމަށް އެޗްޕީއޭއާއެކު މަޝްވަރާތައް ކޮށް، އެކަން އެ ފަރާތާއި ހިއްސާކޮށްފައިވާނެކަމަށެވެ.

ދާދި ފަހުން އެފްއޭއެމްއިންވަނީ އޭއެފްސީ ކަޕްގެ މެޗްތަކާއި ބެހޭގޮތުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއާއިވެސް މަޝްވަރާކޮށްފައެވެ. މަޢުލުމާތު ލިބިފައިވާ ގޮތުގައި ދެން އެންމެ އަވަހަށް ބާއްވާ އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ސާފްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. ދެނުކު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަންނަ މަހުގެ 7ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ވާދަކުރާ މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އޭއެފްސީ ކަޕްގެ ގުރޫފް ޑީގެ ފަހު ދެ މެޗްވެސް އެއްވަގުތެއްގައި ކުޅެން ޖެހުމުން، މިތަނުން އެއް މެޗް ލ.އަތޮޅު ގަމުގައި ކުޅުމަށް އެފްއޭއެމްއިންވަނީ ޔޫތް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައެވެ.