ކުޅިވަރު

ކިނަޅޮހުގެ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފި


ރ.އަތޮޅު ކިނަޅޮހުގައި އެޅި ނަލަ ނަލަ އައުޓްޑޯ ވޮލީބޯޅަ ކޯޓްގެ މަސައްކަތް ނިންމާލައިފިއެވެ. ކިނަޅޮހުގެ ކައުންސިލުން އިއުލާންކޮށްގެން ކުރިއަށްގެންދިޔަ މިވޮލީ ކޯޓުގެ މަސައްކަތް ކޮށްފައިވަނީ އެންޓީއެން ޕާޓްނާޝިޕާ ހަވާލްކޮށްގެންނެވެ.

ރޮސްޓްރަމްއަކާއި ދެ ސިޑިބަރި ހިމެނޭގޮތަށް ތައްރަގީކޮށްފައިވާ މިވޮލީ ކޯޓް ހެދުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ފަސް ލައްކަ ތިރީސް އަށްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ހަރަދުކޮށްފައިވެއެވެ. ރޭގަނޑުވެސް ކުޅެވޭ ގޮތަށް ހަދާފައިވާ މިކޯޓުގައިވަނީ ލައިޓިން ސިސްޓަމެއްވެސް ހަރުކޮށްފައެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މި އައުޓްޑޯ ވޮލީ ކޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކިނަޅޮހުގެ ކައުންސިލްއާއި ޒުވާންދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

ރ.ކިނޮޅަހު އައުޓްޑޯ ވޮލީ ކޯޓުގެ ފޮޓޯތަށް ސޯޝަލް މީޑިޔާގައި މިހާރު އާންމުވެފައިވާއިރު، އަދި ރަސްމީކޮށް ކޯޓް ހުޅުވިފައެއްނުވެއެވެ. އަދި ގިނަ ބައެއްގެ ތައުރީފް މިފަދަ މަސައްކަތަކަށް ލިބެމުންދާއިރު، ޔޫތް މިނިސްޓްރީގެ ފަރާތުން މިހާރުދަނީ އެކިރަށްރަށުގައި އައުޓްޑޯ ވޮލީ ކޯޓްތަށް އަޅަމުންނެވެ.