ޚަބަރު

މުލީއާގޭ ސަރަޙައްދުގައި ޕާކް ނުކުރެވޭގޮތަށް ހަދައިފި


ސަލާމަތީ ބާރުތަކުގެ
އެދުމަކަށް މުލީއާގޭ ވަށައިގެންވާ ސަރަހައްދުގެ މަގުތަކުގައި ޕާކް ނުކުރެވޭގޮތަށް
ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.



ހައުސިންގް
މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި އިއްޔެއިން
ފެށިގެން މިހާރު ވަނީ އެ ސަރަޙައްދުގައި ހުރި ވެހިކަލްތައްވެސް ފުލުހުން ޓޯވް
ކޮށްފައެވެ. ފުލުހުންބުނީ އެ
މަގުތަކުގައި ހުރި ވެހިކަލްތައް ޓޯވްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.



އެ ސަރަހައްދުގައި
ހުރި ވެހިކަލްތައް ޓޯވްކޮށްފައި މިވަނީ މުލީއާގޭގެ އިރުމަތީ
މަގުގެ ދެކުނުކޮޅުން ކަންމަތީގައި ކަހަލަ ގޮތަކަށް ޕާކް ކޮށްފައި އޮތް ލޮރީއެއްގެ
ތެރޭގައި ޑައިނަމައިޓު ބޭނުންކޮށްގެން ގޮއްވާލަން ތައްޔާރުކޮށްފައި އޮތް ބޮމެއް މި
ދިޔަ ހޯމަ ދުވަހުގެ ރޭ ފެނިފައިވަނިކޮށެވެ. އެމަގުގައި ވެހިކަލްތައް ޕާކް
ނުކުރެވުނަސް ދުއްވާ އެއްޗެއްސަށް ދުއްވޭނެކަމަށާއި ޕާކް ނުކުރެވޭގޮތަށް
ނިންމާފައިވަނީ ވަގުތީގޮތުން ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.