ކުޅިވަރު

އެއްވެސް މުބާރާތެއް ހުއްޓާލަން އަންގާފައެއް ނުވާނެ- މިނިސްޓްރީ


ނުރައްކާތެރި ކުއްލި ހާލަތު ރާއްޖޭގައި
އިޢުލާންކޮށްފައި ވީނަމަވެސް، އެއްވެސް ކުޅިވަރު މުބާރާތެއް ހުއްޓާލުމަށް ޔޫތް
މިނިސްޓްރީ އަންގާފައިނުވާނެކަމަށް އެމިނިސްޓްރީ ބުނެފިއެވެ.

ޔޫތް މިނިސްޓްރީ މިއަދު
ނެރެފައިވާ ބަޔާންއެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން 30 ދުވަހަށް
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީ ކުޅިވަރު
މުބާރާތްތައް ހުއްޓާލުމަށް ޔޫތް މިނިސްޓްރީން އަންގާފައިވާކަމަށް ބުނެ ބައެއް
މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއްކަމަށެވެ. މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާ އެއްވެސް މުބާރާތެއް ހުއްޓާލުމަށް
މިނިސްޓްރީން އަންގާފައިނުވާނެކަމަށް އެބަޔާންގައި ބުނެފައިވެއެވެ. އަދި ހުރިހާ
މުބާރާތްތައް ހުއްޓާނުލާ ކުރިއަށްގެންދިއުމަށްވެސް ޔޫތް މިނިސްޓްރީން އެދޭކަމަށް
މިބަޔާނުގައި ބުނެފައިވެއެވެ



ޔޫތް މިނިސްޓްރީން މިހެން ބުނެފައިވީނަމަވެސް،
އިއްޔެ އެފްއޭއެމްއިން ވަނީ މިހާރު ކުރިއަށްދާ އުރީދޫ ދިވެހި ޕްރިމިއާރ ލީގާއި، މިނިވަން ފަންސާސް ޗެންޕިއަންޝިޕްގެ އިތުރުން
ތިންވަނަ ޑިވިޝަން ފުޓްބޯޅަ
މުބާރާތްވެސް މިނިސްޓްރީގެ އެދުމުގެ މަތިން ފަސްކޮށްފައިވާކަމަށް ބުނެފައެވެ.