ކުޅިވަރު

ގަލޮޅު ފުޓްބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓް ހަރުކޮށްފި


ގަލޮޅު ފުޓްބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓް ހަރުކޮށްފިއެވެ. ދިވެހި ޕްރިމިއަރ ލީފް ފެށުމަށް އެފްއޭއެމްއިން މަސައްކަތް ކުރަމުންދާއިރު މިއީ ކޯވިޑްއިން ރައްކާތެރިވުމުގެ ގޮތުން އެފްއޭއެމްއިން ކުރި މަސައްކަތެކެވެ.


ބުރާސްފަތި ދުވަހު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓް ދަނޑުގައި ބަހައްޓާފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީއްގައި ވިދާޅުވެފައިވަނީ ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިގޭޓަކީ މާޒިޔާއިން ހަދިޔާކުރި ގޭޓެއްކަމަށެވެ. މިގޭޓް ހަދިޔާކުރުމަށް މާޒިޔާއަށް ސްޕޮންސަރކޮށްދިން މެޑިކުއިޕް މޯލްޑިވްސް ކޮންޕެނީއަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ޝުކުރު އަދާކޮށްފައެވެ.

އެފްއޭއެމްއިން ބުނީ ޑިސްއިންފެކްޓް ގޭޓުން ޑިސްއިންފެކްޓް ކުރުމުގެ އިތުރުން ހުން ވެސް ބެލޭނެކަމަށެވެ.

މިދިޔަ މަހުގެ ތިންވަނަ ދުވަހު މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ލީގު ފަސްކޮށްފައިވީނަމަވެސް، އެޗްޕީއޭގެ ހައްސަ ގައިޑްލައިނެއްގެ ދަށުން ކުލަބުތަކުން ފަރިތަކުރުންތަށް ކުރިއަށްގެންދަނީވެސް ފަރިތަކުރުންތަކަށް ބޭނުން ކުރާ ހުރިހާ ސާމާނެއް ޑިސްއިންފެކްޓް ކުރުމަށްފަހުގައެވެ.