ޚަބަރު

ހުޅުލޭ އެއަރޕޯޓްގެ ރަންވޭ ބަންދު ކުރުމަށްފަހު ހުޅުވައިފި


ކެތޭޕެސިޕިކްގެ
ފްލައިޓަކުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް
ތެޔޮ ލީކްވުމުގެ ސަބަބުން ރަންވޭ ވަގުތީ ގޮތުން ބަންދުކުރުމަށްފަހު ހުޅުވައިފި އެވެ. 





އެއަރޕޯޓްގެ މީޑިއާ
އޮފިޝަލް ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތެޔޮ ލީކް  ވުމާއި ގުޅިގެން  މިރޭ 21:45 ކަންހާއިރު އެކަން ހައްލުކުރުމަށް
ރަންވޭ ވަގުތީ ގޮތުން ބަންދުކުރި ކަމަށެވެ. 


ރަންވޭ ބަންދު
ކުރުމުގެ ސަބަބުން އެގަޑީގައި ޖައްސަން ހަމަޖެހިފައިވާ ފްލައިޓްތައް ވަނީ ނުޖައްސާ
މަޑުކޮށްފައެވެ.