ޚަބަރު

އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯޗެއާރއަަކަށް ޑރ.ޝައިނީ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯ-ޗެއާރގެ މަޤާމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ އައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ،  އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯ-ޗެެއަރގެ މަޤާމަށް ޑރ.ޝައިނީ އައްޔަންކުރައްވާފައިވާއިރު، ސެޕަޝަލް އިކޮނޮމިކް ޒޯންގެ ރިޕޯޓްކުރާ ފަރާތަކީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވާފައިވާކަމަށެވެ.އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯ-ޗެެއާރގެ މަޤާމަށް ޑރ. ޝައިނީ އައްޔަންކުރައްވާފައި މިވަނީ، އެމަޤާމުގައި ކުރިން ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ އެމަޤާމުން ވަކިކުރެއްވުމަށްހުއެވެ.