ކުޅިވަރު

ޔޫޓާ ޖޭޒް މައްޗަށް ވޮރިއަރސް ކާމިޔާބު ހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 131 ޕޮއިންޓް 119 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް އެޓީމަށް ހޯދައިދީ 9 އެސިސްޓް ދިން ސްޓެފަން ކަރީއެެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅަށް ކުޅުނީ 24 ޕޮއިންޓް ހޯދައިދީ 28 ރީބައުންޑް ނެގި ރޫޑީ ގޮބަރޓްއެވެ.

މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް އެޓީމަށް ހޯދައިދިން ޓޯބިއަސް ހެރިސްއެވެ. އަދި ސްޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނެގި ޑްރޫ އިއުބޭންކްސްއެވެ. މީގެއިތުރުން ޕޯޓްލަންޑް ޓްރެއިލް ބްރޭޒަރސް އާއި މިނެސޯޓާ ޓިމްބަރވިލްވްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 112 ޕޮއިންޓުން ޓިމްބަރވުލްވްސް ކާމިޔާބު ކުރިއިރު ބޮސްޓަން ސެލްޓިކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ.