ޚަބަރު

އައްޑޫގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި


އައްޑޫސިޓީގައި މިރޭ ހިނގި މަރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ މައްސަލަ މިރޭ 23:45 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މި މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަަމށް ފުލުހުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ފޭދޫގައި މިމަހުގެ 11 ވަނަ ދުވަހުވެސް މާރާމާރީއެއް ހިނގައި 7 މީހަކު ޒަޚަމްކޮށްލާފައިވެއެވެ. އެ މާރާމާރިއާއި ގުޅިގެން 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.