ޚަބަރު

ލޯންޗެއް ދިޔަވެ، އަޑިއަށްދާތީ މީހުން ސަލާމަތްކޮށްފި


  • ލޯންޗުން ދަތުރުކުރި 25 މީހުން ވަނީ ސަލާމަތްކޮށްފައި

  • އެ މީހުން ވަނީ މާލެ ގެނެސްފައި

  • މިދުވަސްވަރު ދަތުރުކުރާއިރު މޫސުމަށް ސަމާލުވާންޖެހޭ

މާލެއިން އއ.ތޮއްޑޫއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އަޑިއަށްދާތީ އެއުޅަނދުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މެރިން ޕޮލިސްއިން ވިދާޅުވީ ހޯމަ ދުވަހު ހަވީރު 17:30 ހާއިރު މާލެއިން ފުރައިގެން އއ.ތޮއްޑޫއަށް ދަނިކޮށް ދިޔަވެ އަޑިއަށްދާތީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ، "ރިލެކްސް އައިޝާ" ނަމަކަށްކިޔާ ލޯންޗަކަށްކަމަށެވެ. މިޙާދިސާގައި އެއުޅަނދުން ދަތުރުކުރި 25 މީހަކު ރައްކާތެރިކަމާއެކު ފުލުހުންގެ އުޅަނދަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދުވަސްވަރަކީ މުޅިރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމުގެ އެންމެ ފަހުގެ މަޢުލޫމާތު ބެލުމަށްފަހު ނޫނީ ދަތުރު ނުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު އުޅަނދުތަކުގެ ސަލާމަތީ ރައްކާތެރިކަން ހުރި ނެތްގޮތް ބަލާ ޗެކްކުރުމަށްވަނީ އިރުޝާދު ދެއްވާފައެވެ.