ކުޅިވަރު

ޑޯޓްމަންޑް މޮޅުވެ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި



ޖަރުމަނު ބުންޑަސްލީގުގައި ޑޯޓްމަންޑް މޮޅުވެ ގަދަހަތަރެއްގެ އުންމީދު އާކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ ޑޯޓްމަންޑް މޮޅުވީ ހާތާ ބާލިން އަތުން 2-0 ލަނޑުންނެވެ.

ލީގުގައި ފޯމުގެއްލިފައި އޮތް ހާތާބާލިން މެޗުގައި އެންމެ ބޮޑުގޮންޖެހުމެއް ކުރިމަތިވީ 80 ވަނަ މިނެޓުގައި ޑަރިޑާއަށް ރަތްކާޑު ދައްކާ ދަނޑު ފޮނުވާލުމުންނެވެ. ރަތްކަޑް ދެއްކުމުގެ ކުރިން ޑޯޓްމަންޑްއިން އެއްލަނޑުގެ ލީޑަކާ އެކު ކުރީގައި އޮތްއިރު ލީޑް އިތުރަށް ފުޅާކުރީ މެޗުގެ އިތުރުވަގުތުގައި އުމުރުން އެންމެ 16އަހަރުގެ ފޯވާޑް ޔޫސުފާ މޮއިކޮކޯ ކާމިޔާބުކުރި ލަނޑުންނެވެ.

ލީގުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަން ބާޔާން މިއުނިކުން ވާޑާ ބްރޭމަންގެ މައްޗަށް ކުރިހޯދި އިރު ޔޫނިއަން ބާލިން ވަނީ ކްލޯންގެ މައްޗަށް ކުރި ހޯދާފައެވެ. މެއިންޒްއިން ފްރެއިބާގްގެ މައްޗަށް ކުރި ހޯދި އިރު ވުލްފްސްބާގް އިން ވަނީ ޝާލްކޭގެ މައްޗަށް ކުރި ހޯދާފައެވެ.

މި މޮޅާއެކު ޑޯޓްމަންޑް ވަނީ ލީގުގެ ހަތަރުވަނައަށް އެއްޕޮއިންޓް ގާތަށް ޖެހިލާފައެވެ. މެޗުން ބަލިވި ހާތާބާލިން ވަނީ ލީގުގެ 15ވަނައަށް ވެއްޓިފައެވެ. ލީގުގެ އެއްވަނައިގަ ބަޔާން މިއުނިކް އޮތީ 58 ޕޮއިންޓާއެކުގައެވެ. ދެވަނައިގަ ލީޕްޒިގް އޮތީ 53 ޕޮއިންޓާއެކުގައެވެ. ވުލްފްބާގް ތިންވަނައިގަ އޮތީ 48 ޕޮއިންޓާއެކުގައެވެ. ލީގުގެ ހަތަރުވަނައިގަ ފްރެންކްފާޓް އޮތީ 43 ޕޮއިންޓާއެކު އޮތް އިރު އެއްޕޮއިންޓް މަދުން ހޯދައިގެން 42 ޕޮއިންޓާއެކު ޑޯޓްމަންޑް އޮތީ ފަސްވަނައިގަ. 6 ވަނާގައިވާ ބާޔާ ލެވަކޫސަން ލިބެނީ 46 ޕޮއިންޓެވެ.