ޚަބަރު

ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ޅ.ނައިފަރަށް ބޯކޮށް ވާރޭވެހި އެރަށުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުންކޮށްފިއެވެ.

މިހާރު ފެން ބޮޑުވެފައިވާ ސަރަޙައްދުތަކުގެ ތެރެއިން ބޮޑު ސަރަޙައްދަކުން ޕަމްޕް ބޭނުންކޮށްގެން ފެން ހިއްކިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވއެވެ. ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެއާއި ނައިފަރު ފަޔަރ ސްޓޭޝަންގެ އޮފިސަރުންކުރައްވާފައިވާއިރު ނައިފަރުގެ ބައެއް ގޭގޭއަށް ފެންވަނުން ހުއްޓުވުމަށްޓަކާ ސިފައިންވަނީ ވެލިބަސްތާވެސް ޖަހައިދީފައެވެ.

ރާއްޖޭގެ އެކި ހިސަބަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ބައެއް ރަށްތަކަށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މެޓު އޮފީހުން ލަފާކުރައްވާގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކެމެވެ. ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވީނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ ރަޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވެނީ 2 ފޫޓާއި 5 ފޫޓައި ދެމެދުގެ އުސްމިނުގައިކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.