ޚަބަރު

އިނގިރޭސިވިލާތުގައި ފެތުރޭ ވޭރިއަންޓުން މަރުވާ މީހުންގެ ނިސްބަތް އިތުރު: ދިރާސާ


މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފެތުރެން ފަށާފައިވާ ކޯވިޑް-19ގެ އައު ވޭރިއަންޓުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް އެހެން ވޭރިއަންޓުތަކުގެ ސަބަބުން މީހުން މަރުވާ ނިސްބަތަށްވުރެ އިތުރުކަމަށް ސައިންސުވެރިން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ބީ7.1.1 ވޭރިއަންޓު ފެތުރެމުންދާކަން ދެނެގަނެވިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެ ވޭރިއަންޓުވަނީ 100އަށްވުރެ ޤައުމުން ފެނިފައެވެ.

ސައިންސުވެރިން ބުނީ އެހެން ވޭރިއަންޓުތަކަށް ވުރެ ބީ.7.1.1ގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް 30 އިންސައްތައާއި 100 އިންސައްތައާ ދެމެދުގެ ނިސްބަތަކަށް އިތުރުކަމަށެވެ. އަދި އެ ވޭރިއެންޓަށް 27 ވިރާސީ ބަދަލު އައިސްފައިވާކަމަށް ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ. އެއީ އެހެން ވޭރިއަންޓުތަކަށް އައިސްފައިވާ ވިރާސީ ބަދަލުތަކަށްވުރެ ގިނަ ބަދަލުތަކެކެވެ. ވައިރަހަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ސަބަބުން އެ ވައިރަހުގެ ވާރުތަވުމުގެ ބާރުވަނީ އިތުރަށް ވަރުގަދަވެފައެވެ. އެހެން ވޭރިއަންޓުތަކަށްވުރެ ބީ.7.1.1 ފެތުރޭ މިންވަރު 40އާއި 70 އިންސައްތައާ ދެމެދުގެ ނިސްބަތަކަށް އިތުރެވެ.

ބްރިޓިޝް މެޑިކަލް ޖާނަލުގައި ޝާޢިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ކޯވިޑް-19 ޖެހިފައިވާ 54،906 މީހުންގެ ތެރެއިން 227 މީހުން ބީ.7.1.1ގެ ސަބަބުން މަރުވެފައިވާކަމަށެވެ. އެހެން ވޭރިއަންޓުތަކުގެ ސަބަބުން މަރުވީ 141 މީހުންނެވެ. އެއާއެކު ދިރާސާގެ ނަތީޖާއިން ބީ.7.1.1ގެ ސަބަބުން ބަލި ޖެހޭ މީހުން މަރުވުމުގެ ފުރުޞަތު ބޮޑުކަމަށްވަނީ ދައްކައިފައެވެ. ނަމަވެސް އޭގެ ސަބަބެއް އަދި ޔަޤީންކަމާއެކު ހޯދިފައެއް ނުވެއެވެ.