ކުޅިވަރު

މެމްފިސްގެ މައްޗަށް 127 ޕޮއިންޓުން ގްރިޒްލީސް ކުރިހޯދުން


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި މެމްފިސް ގްރިޒްލީސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް ގްރިޒްލީސް ކާމިޔާބުކޮށްފިއެވެ. މިމެޗް ގްރިޒްލީސް ކާމިޔާބުކުރީ 127 ޕޮއިންޓް 112 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 29 ޕޮއިންޓް ހޯދާދީ 20 ރީބައުންޑް ނެގި ޖޯނަސް ވެލެންސިއުނާސްއެވެ. މީގެއިތުރުން އެޓީމުގެ ޖާ މޮރާންޓް 21 ޕޮއިންޓް ހޯދައިދިން އިރު ޑެސްމަންޑް ބޭންވަނީ ގްރިޒްލީސްއަށް 20 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދިން ބްރެޑްލީ ބީލްއެވެ. އަދި އެޓީމުގެ ރަސެލް ވެސްޓްވުޑްވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީ 10 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ދެން ކުޅުނު ހަމައެކަނި މެޗް ކަމުގައިވާ ޑެލަސް މެވްރިކްސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާ 12 އެސިސްޓް ކޮށްފައެވެ. އަދި ސްޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ 11 އެސިސްޓް ދިން ޑިމާރ ޑިރޮޒާންއެވެ.