ޚަބަރު

ޝަރީޢަތް ނިމެންދެން އަރުޝަރު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި


ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގދ.ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދު، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ގދ.ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު 30 ޖަނަވަރީ 2020 ވަނަ ދުވަހު އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރި މައްސަލާގައި އަރުޝަދު ޚާލިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން އަރުޝަދު ޚާލިދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓިފައިވާ މީހެކެވެ. އަރުޝަދު ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. އަރްޝަދުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ބަންދުން ދޫކޮށްލުމަން ނިންމެވުމާ ގުޅިގެން އެ ނިންމުން ޕީޖީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުން އަރުޝަރު ޚާލިދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރައްވާފައިވަކަމަށެވެ.

އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރުމެވެ. ފުލުހުން ވިދާޅުވީ، އެ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ އަރުޝަދު ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމުގެ ބޮޑެއް ކަމަށް ވެސް ބުންޏެވެ. އެ މައްސަލާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މިމައްސަލައިގަ ވަނީ 9 ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި 4 ގްރާމް އަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފައެވެ. މިމައްސަލައިގަ ގާތްގަޑަކަށް 4.6 މިލިއަން ރުފިޔާގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.