މުނިފޫހިފިލުވުން

ރަންބީރު ކަޕޫރު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ރަންބީރު ކަޕޫރު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރަންބީރު ކަޕޫރު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ޔަޤީންކޮށްދިނީ އޭނާގެ މަންމަ ނީތޫ ކަޕޫރު އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައެވެ. ނީތޫ ބުނީ ރަންބީރު ދަނީ ފަރުވާ ހޯދަމުންކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

ރަންބީރު ކަޕޫރު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ މަންމަ ނީތޫވެސް ވަނީ ފިލްމެއްގެ ޝޫޓިންއެއްގައި އުޅެނިކޮށް ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ރަންބީރުގެ އިތުރުން، ބޮލީވުޑްގެ އެހެން ބައެއް ތަރިންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ވަރުން ދަވަން، އަރުޖުން ކަޕޫރު، މަލައިކާ އަރޯރޯ އަދި އައިޝްވަރިއްޔާ ރާއީ ހިމެނެއެވެ.