ވިޔަފާރި

އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ކުދި ވިޔަފާރިތަކަށް އެހީތެރިވަނީ


މިދިޔަ އަހަރު އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، މި އަހަރުގެ މާރިޗު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޚާއްޞަ ޕްރޮގްރާމެއް ކުރިޔަށްގެން ދިއުމަށް މީރާއިން ނިންމައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އެޅިފައިވާތީވެ، މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މީރާއިން ވިދާޅުވީ ކޯވިޑް-19 ގެ ޙާލަތަށް ބަލައި، މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

އެެހެންކަމުން މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2020 ވަނަ އަހަރަށް އެފަރާތުން ހުށަހަޅަންޖެހޭ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާނަމަ، މީރާގައި ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައިވާ ކަމަށް މީރާއިން ވިދާޅުވެއެވެ.