ޚަބަރު

އައިއީޑީ އެމްއެންޑީއެފްއިން ޑިފިއުސްކޮށްފި


މުލިޔާގެ ކައިރީ ނޫރާނީ ގޯޅީގައި ޕާރކް ކޮށްފައިއޮތް ވެހިކަލެއްގައި އައިއީޑީއެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އިންޓެލިޖެންސް އަށް މިއަދު ހަވީރު 4:00 ހާއިރު ލިބުމާއެކު އެމްއެންޑީއެފްގެ ކަމާއި ބެހޭ ޔުނިޓްތަކުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިއައިއީޑީ ހޯދައި، މާފަންނު ސްޓޭޑިއަމްއަށް ގެންގޮސް، މި އައިއީޑީ ޑިފިއުސް ކޮށްފިއެވެ.

މި ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފުން ފޯރުކޮށްދާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.