ކުޅިވަރު

ރެޑްބުލް ވިނިންގފައިވް ފުއައްމުލަކު ޗެމްޕިއަންކަން އެރީ ކެޓީ ފޭބީ


   ރެޑްބުލް ވިނިންގ ފައިވް ފުއައްމުލަކު ޗެމްޕިއަންކަން އެރީ
ކެޓީ ފޭބީ ހޯދައިފިއެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްގެންދިޔަ މިމުބާރާތުގެ
ޗެމްޕިއަންކަން އެރީ ކެޓީ ފޭބީ ހޯދީ ފައިނަލްގައި އެފްސީ ޖޯކާސްއާ ވާދަކޮށް
ދެލަނޑު ސުންލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. ފުއައްމުލަކުގައި ކުރިއަށްގެންދިޔަ
މިމުބާރާތުގައި ސައުވީސް ޓީމް ވާދަކުރިއެވެ. މާލޭ ގައި ކުޅެވޭ ފައިނަލް ބުރަށް
ފުއައްމުލަކުން ކޮލިފައިވީ ޗެމްޕިއަންކަން ހޯދި އެރީ ކެޓީ ފޭބީއާ ރަަނަރަޕް އެފްސީ ޖޯކާސްއެވެ. ފައިނަލް ބުރުގެ މެޗްތައް ކުޅޭނީ ޑިސެމްބަރ މަހުއެވެ. އައްޑޫ ސިޓީއާ، ފުވައްމުލައް،
ތިނަދޫ، ގއ.ވިނލިގިލި، ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ބ.އޭދަފުށި އަދި ކ.ކާށިދޫގައި ކުޅެވޭ
މެޗްތަކަށްފަހު މާލޭގައި ކުޅޭ ފައިނަލް ބުރުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް
އަންނަ އަހަރު ޖޫންގައި ބްރެޒިލްގެ ސަންތޯސްއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިދަތުރުގައި
ބްރެޒިލްގެ މަޝްހޫރު ތަރި ނޭމާއާ ބައްދަލްކުރުމުގެ ފުރުސަތު ހޯދަދިނުމަށް
މަސައްކަތް ކުރަމުންދާ ކަމަށް ރެޑްބުލްއިން މަޢުލޫމާތުދެއެވެ. ރެޑްބުލް ވިނިންގ ފައިވްގައި
އަންނަ  މަހު ކުރިއަށްދާނީ ގދ ތިނަދޫއާ ހދ
ކުޅުދުއްފުށީގެ މެޗްތަކެވެ.