ވިޔަފާރި

ފައިނޭންޝިއަލް އެކްސްޕޯ 2015 ފަށައިފި


ފައިނޭންޝިއަލް ދާއިރާގެ ގިނަ ސްޓޯލްތަކާއެކު ފައިނޭންޝިއަލް އެކްޕޯ ދެހާސް ފަނަރަ ފަށައިފިއެވެ.މި އެކްސްޕޯ ހުޅުވައިދެއްވީ
ކްރައުން ކޮމްޕެނީ ޑިރެކްޓަރު އަދި އެމްއެމްއޭގެ ކުރީގެ ބޯޑު މެމްބަރު އަހުމަދު
ނަޒީރުއެވެ. 

ރާއްޖޭގެ ފައިނޭންޝިއަލް ދާއިރާގައި ހަރަކާތްތެރިވާ ބާރަ ފަރާތަކުން މި އެކްސްޕޯގައި ސްޓޯލްތައް ބަހައްޓާފައިވާއިރު އޭގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ބޭންކްތަކާއި، ނޮން ބޭންކް ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ހައުންސިލް ފައިނޭންސް ޔުނިޓްފަދަ ފަރާތްތައް ހިމެނެއެވެ.އެމްއެމްއޭގެ ފައިނޭންޝިއަލް ސެކްޓަރ ޑިވޮލޮޕްމެންޓް ޔުނިޓްގެ ސީނިއާ މެނޭޖަރ އަހުމަދު އިމާދު ވިދާޅުވީ މި އެކްސްޕޯ މިފަހަރު ޚާއްޞަކޮށްލާފައިވަނީ މައިގަނޑު ހަތްދާއިރާއަށްކަމަށެވެ. މި އެކްޕޯގައިވަނީ އެމްއެމްއޭ ފޯރުކޮށްދޭ އިޤްތިޞާދީ ތަފާސްހިސާބުގެ މަޢުލޫމާތުތައް ލިބޭގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއްވެސް ދައްކާލާފައިވެއެވެ.މިއެޕްލިކޭޝަންގެ އަދި ތައާރަފްކޮށްފައިވަނީ އެންޑްރޮއިޑް ވާޝަނެއް ނަމަވެސް ވަރަށް އަވަހަށް އައިފޯނުތަކުގައި ބޭނުންކުރެވޭގޮތަށް އެޕްލިކޭޝަން ފަރުމާކޮށް ތައާރަފްކުރެވޭނެކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުންވެސް އެކްޕޯގައިވަނީ ކާގޯ އޮންލައިންގެ ޚިދުމަތް ރަސްމީގޮތުން ތަޢާރަފްކޮށްފައި. ކާގޯ އޮންލައިންގެ ޚިދުމަތް ހޯދަނީ ދެބާވަތެއްގެ ކަސްޓަމަރުންކަމަށާ އެއީ ކްރެޑިކް އަދި ޑިޕޮސިޓް ކަސްޓަމަރުންކަމަށް އެލައިޑުން މައުލޫމާތުދެއެވެ. ފައިނޭންޝިއަލް ދާއިރާގެ ސްޓޯލްތަކުގެ އިތުރުން އަލަށް ތައާރަފްކުރެވުނު ރަންދިހަފަހެއްގެ ނޫޓްތައްވެސް މި އެކްސްޕޯގައި ދައްކާލާފައިވެއެވެ. އަދި މިއެކްސްޕޯގައި ރާއްޖޭގެ ފައިސާގެ ތާރީޚާއި އަދި އެކިދުވަސްވަރު ބޭނުންކޮށްފައިވާ ފައިސާއާ ނޫޓް ސީރީޒްތައްވެސް ދައްކާލުމަށް ބަހައްޓާފައިވެއެވެ.