ޚަބަރު

މަރުގެ މައްސަލައެއްގައި ކުޑަކުއްޖަކު މެރުމަށް ކޯޓުން ހުކުމްކޮށްފި


މިދިޔަ މާރޗްމަހު ފަހުކޮޅު އައިޖީއެމްއެޗް ކައިރީ ތޫނު އެއްޗަކުން
ހަމަލާދީ މަރާލީ ނޫރު އާދަމް ހަސަންފުޅުގެ މަރުގެ މައްސަލައިގައި ދައުލަަތުން ދައުވާކުރި އަށާރަ އަހަރުނުވާ ކުއްޖާގެ
މައްޗަށް އެ ކުށްސާބިތުވެ އެ ކުއްޖާ މެރުމަށް ޖުވައިނަލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ. 

މިމައްސަލައިގައި މިކުއްޖާގެ އިތުރުން، އަށާރަ އަހަރުނުވާ އިތުރު ކުއްޖެއްގެ މައްޗަށްވެސް ދައުވާ ދައުލަތުން ދައުވާ އުފުލިއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އަނެއް ކުއްޖާގެ މައްޗަށް ކުށް ސާބިތެއްނުވިއެވެ. 

މެރުމަށް
ހުކުމްކުރި ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ
ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ. 

މިޝަރީއަތް ހިންގާފައިވާ ސިއްރުންކަމަށްވާތީ، ޝަރީއަތާއި ގުޅޭ މާބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ.