ޚަބަރު

ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފި


ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި
މައްސަލައިގެ ތަހުޤީގަށް ހޯދަމުންދިޔަ 8 މީހުންގެ ތެރެއިން އެކަކު
ސިރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސް ދޫނިދޫގައި ބަންދުކޮށްފިއެވެ.



މި މީހުންގެ ތެރެއިން
ހައްޔަރުކޮށްފައިވަނީ ޅ ހިންނަވަރު ނައިލޯނުގެ އުމުރުން އަށާރަ އަހަރުގެ އަހްމަދު
އަޝްރަފްއެވެ. ފުލުހުން ބުނީ މީނާ ހައްޔަރުކުރީ ދިވެހި ފުލުހުންނާއި  ލަންކާ ފުލުހުން ގުޅިގެން ހިންގި
އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގައިކަމަށެވެ.



ފިނިފެންމާ ލޯންޗްގައި ބޮމެއް ގޮވާލި
ހާދިސާ ތަހްގީގްކުރުމަށް އެކުލަވާލާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އެ
މައްސަލައާއި ގުޅީގެން ހޯދަން އިއުލާންކުރި އަނެއް ހަތް މީހުންނަކީ މ. ސެސްނާ
މުހައްމަދު އައްލާމް އަބްދުލް ލަތީފާއި، ގ އޮއިވާލި  މުހައްމަދު ހުސެއިނާއި، ހއ މުރައިދޫ ވައިޖެހޭގެ
މުހައްމަދު ވިޝާމާއި، ހ. އައިދަ މުހައްމަދު އަސީލް މުހައްމަދާއި، މ ލޭންޑް އޮފް
ގާރޑަން އަހްމަދު އީޝްފާހް އަލީއާއި، ހ ރަންވިލާގޭ ހުސެއިން ޝިނާނާއި، ކ ދިއްފުށި
ރަތް ބަގީޗާގޭ އަހްމަދު ފާތިހްއެވެ.



މި އެންމެވެސް މިހާރުން މިހާރަށް
ފުލުހުންނާއި ހަވާލްވުމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ އިންޓަރޕޯލް ރެޑް
ނޯޓިސް ނެރިގެންވެސް މި އެންމެން ހައްޔަރުކުރާނެކަމުގެ އިންޒާރް ހޯމް
މިނިސްޓަރ  އުމަރު ނަސީރު އިއްޔެ
ދެއްވާފައިވެއެވެ.