ސިޔާސީ

ރިޔާސީ ލޯންޗުގެ ތަހްގީގަށް ހޯދާ މީހުންގެ ތެރެއިން އެކަކު ހޯދައިފި


ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް މިއަދު ހޯދަން އިއުލާނު ކުރި 8 މީހުންގެ ތެރޭގައި ހިމެނޭ ޅ. ހިންނަވަރު، ނައިލޯނުގެ، އަހުމަދު އަޝްރަފު ، ފުލުހުން ހައްޔަރުކޮށްފި އެވެ.



ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ
ހައްޔަރުކޮށްފައިވަނީ ސްރީލަންކާގައި ހުއްޓާ ކަމަށެވެ.



ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ނެޝަނަލް އިންކުއަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްއްމުން ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯރ ޗެއަރ އަދި ހޯމް މިނިސްޓަރ އުމަރު ނަސީރް ވިދާޅުވީ މިކަމާ
ގުޅިގެން ހޯދަމުންދާ 8  މީހުން ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ.



މި އަށް މީހުންނަކީވެސް ރިޔާސީ ލޯންޗްކޮޅުގައި ބޮން 
ގޮއްވާލި ގޮއްވާލުމާއި ގުޅިގެން މިހާތަނަށް ފެންމަ ތިވި ހުރިހާ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހުންކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ. މި އަށްމީހުންނަކީ ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފިލައިގެން އުޅޭބައެއްކަމަށާއި އެމީހުން ތިބިތާކުން މިހާރުން މިހާރަށް ރާއްޖެއައިސް ފުލުހުންނާއި ހަވާލްވުމަށް އެމީހުންނާއި އެމީހުންގެ އާއިލާއަށް ގޮވާލައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.