ޔޫތް ހެލްތް ކެފޭގައި މަސައްކަތް ކުރާނެ ހެލްތު ޕްރޮފެޝަނަލުން ހޯދަން ޔޫތް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ވަނީ މި މަގާމަށް ދެ މީހަކު ހޯދުމަށް އިއުލާންކޮށްފައެވެ.
މި މަޤާމަށް ކުރިމަތިލާ މީހުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި މަހަކު އެއްފަހަރު ތީމެޓިކް ސެޝަންތައް ނަގާދިނުމާއި އަހަރަކު ދެ ފަހަރު އަތޮޅުތެރޭ އެވެއަރނެސް ޕްރޮގްރާމް ހިންގުމާއި ޔޫތް ހެލްތް ކެފޭގެ ކަންކަން ރަނގަޅުކުރުމަޑް ބޭނުންވާ ހިޔާލު ދިނުމާއި އެތަނަށް އަންނަ މީހުންގެ ޑޭޓާބޭސް އެއް އެކުލަވާލާ ދުވަހުން ދުވަހަށް ބެލެހެއްޓުން ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލާ މީހުން ހޮވުމުގައި އަގަށް 60 އިންސައްތަ މާކްސް ދިނުމަށް ހަމަޖެހިފައިވާއިރު މަސައްކަތުގެ ތަޖުރިބާއާއި ތައުލީމާއި ތަމްރީނުން ކޮންމެ ބަޔަކަށް 20 އިންސައްތަ މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ފަސް އަހަރަށްވުރެ ގިނަދުވަހު ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހެއްނަމަ 20 މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިއްހީ ދައިރާއިން ޑިގްރީ ފެންވަރުގެ ސެޓިފިކެޓެއް އޮތް ނަމަ 20 މާކްސް ދިނުމަށްވަސް ވަނީ ހަމަޖެހިފައެވެ.
މި މަގާމަށް ކުރިމަތިލާ މީހުން މިމަހުގެ 11 ވަނަދުވަހުގެ ކުރިން އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.