ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޚަދީޖާ ނަޢީމް އައްޔަންކޮށްފި


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް މ.ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމްގެ ނަންފުޅު މަޖިލީހުން ފާސްކޮށްފިއެވެ.

ޚަދީޖާއަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 63 މެމްބަރަކު ވޯޓު ދެއްވިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަން ހުސްވެފައިވަނީ އެމަޤާމު ފުރުއްވި ގ.ގޮފި، ފާތުމަތު މިންހަތު އިއްޒަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

5 މެންބަރުންގެ މައްޗަށް ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވީ އެ ޓްރައިބިއުނަލްގެ ރައީސް، މުޙައްމަދު މުނައްވަރު އަލީ އާއި، ޙުސައިން ޒައިދާން ޖަލީލް އާއި، އިސްމާޢީލް ސާޖިދު އަދި އަލްއުސްތާޛް އަޙްމަދު އަޝްރަފްއެވެ.