ޚަބަރު

ޓެކްނޮލޮޖީ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިނިސްޓަރ ފައްޔާޒަށް


މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލަޖީ ވަގުތީގޮތުން ހިންގެވުމާ، އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާޢީލާ ޙަވާލު ކުރައްވައިފިއެވެ.

މިނިސްޓަރ ފައްޔާޒު އިސްމާޢީލާ މިނިސްޓްރީ ހިންގެވުން ޙަވާލުކުރައްވާފައިވަނީ އެމަޤާމު މިހާތަނަށް ފުރުއްވަމުންދިޔަ މުޙަންމދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް މަޖިލީހުން މިއަދު ފާސް ކުރުމާ ގުޅިގެންނެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލަޖީ ވަގުތީގޮތުން ހިންގެވުމާ، މިނިސްޓަރ ފައްޔާޒާ ޙަވާލު ކުރައްވާފައިވަނީ އެމަޤާމު މިހާތަނަށް ފުރުއްވަމުންދިޔަ މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް މަޖިލީހުން މިއަދު ފާސް ކުރުމުންނެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ.

މަލީހު ވަޒީރުކަމުގެ މަޤާމުން ދުރުކުރެއްވިއިރު، މިއީ މި ސަރުކާރުގެ ވަޒީރަކު ވަޒީރުކަމުން ވަކިކުރުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ތިން ވަޒީރަކު މަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އެއީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާއާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.