ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް އަކުއާ ބައިކް ވޯލްޑް ޗެމްޕިއަންޝިޕެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ. 
މިނިސްޓަރ މަޢުސޫމް ވިދާޅުވީ ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމުގައި ބޮޑަށް އިސްކަން ދީފައިވަނީ މޫދު ކުޅިވަރުތަކަށް ކަަމަށެވެ. އެގޮތުން އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން، އައްޑޫ ސިޓީގައި އަކުއާ ބައިކް ވޯލްޑް ޗެމްޕިއަންޝިޕެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.
 
"2022 ވަނަ އަހަރު އަކުއާ ބައިކް ވޯލްޑް ޗެމްޕިއަންޝިޕެއް ބޭއްވުމަށްވެސް މަސައްކަތްކުރަމުން މިދަނީ، މިއިން ކޮންމެ ކަމަކުންވެސް ދައްކަން ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމަކީ އެންމެންނާއިވެސް ގުޅިފައިވާ އެއްޗެއްކަން" މިނިސްޓަރ މަޢުސޫމް ވިދަޅުވިއެވެ.
އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު، އެއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށްގެންދިޔުމަށް ވަނީ ރާވާފައެވެ. 
ތަފާތު އެކި ވަތްތަރުތަކުގެ ފަތުރުވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އޭގެތެރޭގައި ސްޕޯޓްސް ޓުއަރިޒަމްގެ އިތުރުން، މައިސް ޓުއަރިޒަމްއާއި ޗަލްޗަރަލް ޓުއަރިޒަމް ހިމެނެއެވެ.