ޚަބަރު

ގއ.ވިލިނގިލިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި


ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގއ.
ވިލިނގިއްޔަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު
ގއ. ވިލިނގިލިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފައިވަނީ 25 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގއ.
ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު
މަޢުލޫމާތަކާއި ގުޅިގެން ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި ގއ.
އަތޮޅުގައި ހަރަކާތްތެރިވަމުންދާ ސްޕްޝަލިސްޓް އޮޕަރޭޝަންސް ގެ ފުލުހުން ގުޅިގެން  ހިންގި އޮޕަރޭޝަނުގައި މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް އައި ބޯޓަކުން
ފޮށިގަނޑެއް ހިފައިގެން ދަނިކޮށް މިއަދު 15:47 ހާއިރުކަމަށް ފުލުހުން
މައުލޫމާތުދެއެވެ.



މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ހިފައިގެން
ދިޔަ ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެއްހުރި ބޮޑު ހަތަރު ޕެކެޓް ފެނިފައިވާކަމަށާއި، މިމައްސަލަ ގއ. ވިލިނގިލި
ޕޮލިސް ސްޓޭޝަނުން ތަހްޤީޤްކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.