ކުޅިވަރު

ޤައުމީ ބާސްކެޓް މުބާރާތްވެސް ޓީރެކްސް ކާމިޔާބުކޮށްފި


ފަސޭހަ މޮޅަކާއެކު ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފިއެވެ. ޓީރެކްސް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި ހަރިކޭން ބާސްކެޓްބޯޅަ ކްލަބާއި ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އެއީ 75 ޕޮއިންޓް 54 ޕޮއިންޓުންނެވެ.ފުރަތަމަ ކްއާޓަރ ޓީރެކްސް ގެންދިޔައީ 26-14 ނެވެ. ދެވަނަ ކްއާޓަރ ގެންދިޔައީ 20-05 ނެވެ. ތިންވަނަ ކްއާޓަރ ހަރިކޭން ކާމިޔާބުކުރީ 22-14 ނެވެ. އަދި ހަތަރުވަނަ ކްއާޓަރ ޓީރެކްސް ގެންދިޔައީ 15-13ނެވެ.ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށާއި، މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އިންޑިޔާ ކެޕްޓަން ރިކިންއެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޓީރެކްސްގެ އިބްރާހީމް ރަޝްވާންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޓީރެކްސްގެ އިބްރާހީމް ނާހިދުއެވެ. ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަންވެސް ހޯދީ ޓީރެކްސްއެވެ.