ޚަބަރު

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަން


ފުލުހުންނާއި ސިފައިން މިހާރު ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަންގައި ބ. އަތޮޅު ހިނބަޅިދޫއިން ފެނުނު ބައެއް ތަކެތި މީޑިއާއަށް ދައްކާލައިފިއެވެ. މީގެ ތެރޭގައި ހަތިޔާރާއި ބޮން ހަދަން ބޭނުން ކުރާ ސާމާނު ފެނި ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާލި ބައެއް ހަތިޔާރުގެ ތެރޭގައި އޭކޭ ސީރީޒްގެ ބައެއް ބަޑީގެ އިތުރުން ފިސްތޯލާއި ބޮން ހެދުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ގިނަ އަދަދެއްގެ ވަޒަން ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާލި ބައެއް ހަތިޔާރުގެ ތެރޭގައި ހިމެނުނު ބަޑިތަކުގައި ހަރުކޮށްގެން ބޭނުންކުރާޒާތުގެ (ސްކޯޕް) ދުރުމިވެސް ހުރިކަމަށް ފުލުހުން ބުނެއެވެ.ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އިތުރު ތަފްސީލް ދިނުމަށް އިސްކަންދަރުކޮށީގައި އިތުރު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.