ޚަބަރު

ކޯވިޑް-19 : ދަރުބާރުގެއިންވެސް ކްލަސްޓަރއެއް، މިހާތަނަށް 6 މީހުން ޕޮޒިޓިވް


ކޯވިޑް-19ގެ ކަންކަމުގައި ދަރުބާރުގޭގައި ހަރަކާތްތެރިވާ 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ދަރުބާރުގޭގައި މަސައްކަތްކުރާ 6 މީހުން ޕޮޒިޓިވްވެފައިވާކަމަށާއި، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 29 މީހަކު ކަރަންޓީނުކުރެވުފައިވާކަމަށެވެ.

ދަރުބާރުގޭގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެތަނުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 89 މީހުން ޕޮޒިޓިވެފައިވާއިރު، ރަށްރަށުން ޕޮޒިޓިވްވި 22 މީހުންގެތެރޭގައި މާފުށީގެ ގެސްޓްހައުސެއްގައި ތިބި 4 ފަތުރުވެރިއަކުވެސް ހިމެނޭކަަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.