ޚަބަރު

ދެ މިސްކިތެއް އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކޮށްފި


ހުޅުމާލޭ ގަބުރުސްތާނުގެ
ގޮތުގައި ކަނޑައެޅިފައިވާ ސަަރަޙައްދާ އިންވެގެން ހިނަވާގެޔަކާއި، މިސްކިތެއް
އިމާރާތްކުރުމާއި، ރ. މީދޫގައި މިސްކިތް އިމާރާތްކުރުމަށް ބަޔަކާ ޙަވާލުކޮށް،
އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.



އިސްލާމީ މަރުކަޒުގައި
ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ
އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު އެވެ.  ރ. މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވާ 
ސުވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާގެ ފަރާތުން ސޮއިކުރެއްވީ
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ޙިލްމީ އެވެ. 

ނޫސްވެރިންނަށް މައުލޫމާތު
ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ، ރ.މީދޫގެ
މިސްކިތުގެ މަސައްކަތަށް އަށްމިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ފެށޭވަރުވާނެ ކަމަށެވެ.



ހުޅުމާލޭގައި މިސްކިތް
އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން،އެޗްޑީސީއާ އެވެ. ހު

ހުޅުމާލޭ ގަބުރުސްތާނުގެ
ގޮތުގައި ކަނޑައެޅިފައިވާ ސަަރަޙައްދާ އިންވެގެން ހަތަރު ކޮޓަރީގެ ހިނަވާގެޔަކާއި
600 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި އެވެ.



މިމަޝްރޫޢަށް ހަމިލިއަން
ރުފިޔާ ޚަރަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެ އެވެ.