ޚަބަރު

އޭ.ބީ.ޔޫ ފެސްޓިވަލުގައި ޕީއެސްއެމް


އޭޝިއާ ޕެސިފިކް
ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް
ބާއްވަމުން އަންނަ "އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލް" ގައި ރާއްޖޭގެ ފަރާތުން ޕީއެސްއެމްއިން ބައިވެރިވެއްޖެއެވެ. 

ތުރުކީގެ އިސްތަންބުލްގައި ކުރިއަށްދިޔަ މިފެސްޓިވަލުގައި ޕީއެސްއެމްގެ ފަރާތުން ލަވަ
ހުށަހަޅާދިނީ މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާއެވެ. އޭނާ ހުށަހަޅައިދިން
"ދަ މޯލްޑިވްސް ސޯންގް" ލަވަ ހުށަހެޅުމުގައި އޭނާއާއި އެކު އަބްދުލް
ބާސިތް (ބާޗީ) އާއި ހަރުބީ ބޮޑުބެރު ގްރޫޕްގެ ބޮޑުބެރުޖެހުންތެރިއެއް ބައިވެރިވިއެވެ.



އިސްތަންބުލް
ކޮންގްރެސް ސެންޓަރުގައި ބޭއްވި މިޝޯގައި އޭބީޔޫގެ މެމްބަރު ގައުމުތަކުގެ ތެރެއިން
12 ގައުމެއްގެ ފަންނާނުން ލަވަ ހުށަހަޅައިދީފައިވެއެވެ.