ޚަބަރު

އިސްލާމިކް ސެމިނަގައި ބައިވެރިވާމީހުންރާއްޖެއަންނަނީ


"ޤުރުއާނާ ސުންނަތުގައިވާ މެދުމިނަށް ސައުދިއްޔާ އަރަބިއްޔާއާއި ދިވެހިރާއްޖޭގައި އަމަލުކުން" މިނަމުގައި މިއަންނަ ނޮވެންބަރު މަހުގެ 2 ވަނަދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެމިނާގައި ބައިވެރިވާ ސައުދީއަރަބިއްޔާގެ ދެ މަންދޫބުން މިއަދު މާލެއަތުވެއްޖެއެވެ.މި ދެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.މި ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވުމަށް ހުޅުމާލެއަށް ވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ  އިބްރާހިމް އަހުމަދު ވިދާޅުވީ މި ފަދަ ސެމިނާއެއްގެ ބޭނުމަކީ އިސްލާމްދީންގައި ހުރި ރަނގަޅު އުސޫލުތައް މުޖުތަމައުގެ ތެރެއަށް ފެތުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. މި ފަދަ ސެމިނާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންގެންދަވާކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެރާއްޖޭގައި ބާއްވާ މި ސެމިނާއާއި ގުޅޭ ގޮތުން ވާއްހަކަދައްކަވަމުން މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ރެކްޓަރ އޮފް ޑިވެލޮޕްމެންޓް ޑރ މަހުމޫދު އަބުދުއްރަހުމާން ވިދާޅުވީ އިސްލާމްދީނުގެ މައިގަނޑު އުސޫލުތައް ބިނާވެފައިވަނީ މެދުމިންވަރުގެ މައްޗަށްކަމަށާއި މިފަދަ ސެމިނާއެއް މި ބާއްވަނީ އިސްލާމްދީނުގެ މައިގަނޑު މެދު މިންވަރަކީ އިސްލާމްދީންގައި ބުނާ މައިގަނޑު ފިލާވަޅުކަން ބަޔާންކޮށްދިނުމަށްޓަކައި ބާއްވާ ސެމިނާއެއްކަމަށެވެ.މި ސެމިނާ އަކީ ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ ޖަމިއްޔަތު އިސްލާމިއްޔާ ގުޅިގެން ކުރިޔަށް ގެންދާ ސެމިނާއެއް ކަމަށެވެ