ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުހެދުމަށް ބަޔަކާއި ހަވާލުކޮށްފި


ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އިންޑިއާގެ ދެ ކުންފުންޏާއެކު ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން ސޮއިކޮށްފިއެވެ. ސާޅީސް ޕޮއިންޓް ތިން މިލިޔަނަށްވުރެ ގިނަ ޔޫ.އެސް ޑޮލަރުގެ މި ޕޮރޮޖެކްޓް ހަވާލުކޮށްފައިވަނީ، އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި، އަޝޯކް ބިލްޑްކޮން ކުންފުންޏާއި އެވެ. މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ މަގުތަކެއް ހަދާ، މަގުބައްތި ޖަހާ މަގުތަކުގައި ނިޝާންތަށް ހަރުކުރެވިގެންދާނެއެވެ.މިދެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމަންޖެހެއެވެ. މިމަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯންއެހީގެ ދަށުންނެވެ.ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ހިމާޔަތްކުރުމަށް ބޮޑު ހިލަ ޖެހުމުގެ މަސައްކަތް މިހާދަނީ ކުރެވެމުނެވެ.ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް 240 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވަނީ މިއަހަރުގެ މާޗްމަހުގައެވެ.