ކުޅިވަރު

ނެޓްސް އާއި ވޮރިއަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 134 ޕޮއިންޓް 117 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުލުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދިން ކައިރީ އަރވިންއެވެ. އަދި ކެވިން ޑުރާންޓްވަނީ އެޓީމަށް 20 ޕޮއިންޓް ހޯދާދީފައެވެ. މިމެޗްގައި ވޮރިއަރސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 27 ޕޮއިންޓް ހޯދައިދިން ސްޓެފަން ކަރީއެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 112 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ. އަދި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހޯދައިދިން ބާމް އެޑެބަޔޯއެވެ. މީގެއިތުރުން ފީނިކްސް ސަންސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 36 ޕޮއިންޓް ހޯދާދިން ޑެވިން ބޫކަރއެވެ. އަދި ސިކްސަރސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 35 ޕޮއިންޓް ހޯދައިދިން ޖޮއެލް އެމްބިޑްއެވެ.

މި މުބާރާތުގައި އިންޑިއާނާ ޕޭސަރސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 113 ޕޮއިންޓުން ޕޭސަރސް ކާމިޔާބުކުރިއިރު ނިއުޔޯކް ނިކްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ.