ކުޅިވަރު

އެލްޗޭއާ ވާދަކޮށް ސެލްޓަވީގޯ މެޗު ކާމިޔާބުކޮށްފި


ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯ އާއި އެލްޗޭ ބައްދަލުކުރިމެޗް ސެލްޓަ ވީގޯ ކާމިޔާބުކޮށްފިއެވެ. ސެލްޓަވީގޯގެ ދަނޑުގައި ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޖަހައިދިނީ ސެލްޓާގެ ސަންޓި މީނާއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހައިދިނީ ބްރައިސް މެންޑޭޒްއެވެ. މިމެޗްގައި އެލްޗޭއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހައިދިނީ އެމިލިއާނޯ ރިގޮނީއެވެ. މިމެޗްގައި ސެލްޓާއިން ޖެހި ފަހު ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިނީ ސަންޓި މީނާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެން ގޮސްފައިވެއެވެ.

މިކާމިޔާބީއާއެކު ސެލްޓަ ވީގޯ މިހާރު އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ. އަދި އެލްޗޭ އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.