ކުޅިވަރު

ލީގު ހޯދުމުގެ ފުރުޞަތު މާޒިޔާއަށް ގެއްލިއްޖެ - ސުޒޭން


ލީގު ހޯދުމުގެ ފުރުޞަތު މާޒިޔާއަށް ގެއްލިއްޖެކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ. ސުޒޭން މިހެން ބުނީ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ދޭއް ސުމަކުން ޓީސީ އަތުން ބަލިވުމުންނެވެ. މެޗަށްފަހު ސުޒޭން ބުނީ އަށް ޕޮއިންޓްގެ ފަރަޤަކާއެކު ހަތަރުވަނައަށް ވެއްޓުމުން ދެން ލީގު ނުހޯދޭނެކަމަށެވެ." ދެން މަސައްކަތްކުރާނީ ލީގުގައި ރެސްޕެކްޓިވް މަޤާމެއްގައި އޮވެ ނިންމާލަން. އަށް ޕޮއިންޓްގެ ފަރަޤެއް އައުމުން ދެން ލީގު ހޯދުމުގެ ފުރުޞަތެއް ނެތް. " ދާދިފަހުން މާޒިޔާއަށް ޕްރެޒިޑެންޓްކަޕް ހޯދައިދިން ކޯޗު ސުޒޭން ބުންޏެވެ.ނަމަވެސް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ލީގު އަދި ދެކްލަބުގެ ރޭހަކަށް ބަދަލުނުވާކަމަށާއި ކޮންމެފަދަ ގޮތެއްވެސް ވެދާނެކަމަށެވެ." ލީގު އަދި ދެޓީމްގެ ވާދަވެރިކަމަކަށް ބަދަލެއް ނުވޭ. މާޒިޔާ މެޗުތައް ކާމިޔާބުކޮށް، ނިއު މާޒިޔާ މެޗާއި، ޓީސީ ނިއު މެޗު ވާގޮތަކުން އަދި ހަމަ ކޮންމެފަދަ ގޮތެއްވެސް ވެދާނެ. " ނިޒާމް ބުންޏެވެ.އޭނާ އިތުރަށް ބުނީ މެޗުން މޮޅުވީ މިއީ މިސީޒަންގައި މާޒިޔާ އަތުން މޮޅުވާން ލިބޭނެ ފަހު ފުރުޞަތުކަމަށް ދެކިގެން ނިކުމެ ކުޅުންތެރިން ރަނގަޅަށް ކުޅުމުންކަމަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓީސީގެ ދެ ގޯލް ޖެހީ ކެޕްޓަން ޔާމީން އާއި ފޯވާޑް ނާއިޒް ހަސަންއެވެ.