ކުޅިވަރު

ސްޕެނިޝް ކޮޕާ ޑެލްރޭގެ ސެމީފައިނަލުން ބިލްބާއޯ ޖާގަހޯދައިފި


ސްޕެނިޝް ކޮޕާ ޑޭލްރޭ ގެ ކްއާޓަރ ފައިނަލްގައި އެތުލެޓިކް ބިލްބާއޯ އާއި ރެއާލް ބެޓިސް ބައްދަލުކުރިމެޗް ކާމިޔާބުކޮށް މި މުބާރާތުގެ ސެމީފައިނަލުން ބިލްބާއޯ ޖާގަހޯދައިފިއެވެ. މި މެޗް ބިލްބާއޯ ކާމިޔާބުކުރީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއް ލަނޑުން ދެޓީމް އެއްވަރުވުމުން އިތުރު ވަގުތު ކުޅެވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން 4 ލަނޑު އެއްލަނަޑުން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖެހީ ބެޓިސްގެ ހުއާންމީއެވެ. މި ލަނޑާއެކު މިމެޗުން ބެޓިސް މޮޅުވާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބިލްބާއޯގެ ރައުލް ގާސިއާވަނީ ލަނޑެއް ޖަހާ މެޗްގެ ނަތިޖާ ހަމަހަމަކޮށްފައެވެ. މިމެޗްގެ އިތުރު ވަގުތުގެ ދެ ހާފްގައިވެސް މި ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިގޮތުން ޕެނަލްޓީ ޝޫޓްއައުޓްގައި ދެޓީމްގެ ފުރަތަމަ ޕެނަލްޓީ ދެޓީމުން ކާމިޔާބު ކުރި ނަމަވެސް ބެޓިސްއިން ދެން ޖެހި ދެ ޕެނަލްޓީވެސް ވަނީ ބޭކާރުވެފައެވެ. އަދި ބިލްބާއޯއިންވަނީ އެޓީމުން ދެން ޖެހި ތިން ޕެނަލްޓީ ކާމިޔާބުކޮށް މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދާފައެވެ.