ކުޅިވަރު

ސެވަންޓީ ސިކްސަރސް އާއި ހޯނެޓްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 118 ޕޮއިންޓް 111 ޕޮއިންޓުންނެވެ.

މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 34 ޕޮއިންޓް ހޯދައިދީ 11 އެސިސްޓް ކޮށްފައެވެ. އަދި ޓޯބިއަސް ހެރިސް ވަނީ 26 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. މިއީ ސިކްސަރސްއިން ހޯނެޓްސް ބަލިކުރި 14 ވަނަ ފަހަރެވެ. މިމެޗްގައި ހޯނެޓްސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދިން ދެ ކުޅުންތެރިން ކަމަށްވާ ގޯޑަން ހޭވާރޑް އާއި ލަމޭލޯ ބޯލްއެވެ.
މި މުބާރާތުގައި މިލްވައުކީ ބަކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުންޕޯވަނީ 21 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާ 10 އެސިސްޓް ކޮށްފައެވެ. މިމެޗްގައި ޕޭސަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާ ހަ އެސިސްޓް ކުރި ޑޮމަންޓާސް ސަބޮނިސްއެވެ. މީގެ އިތުރުން ޑެލަސް މެވްރިކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗް 27 ޕޮއިންޓް އެޓީމަށް ހޯދައިދިންއިރު ހޯކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދިނީ 35 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނެގި ޖޯން ކޮލިންސްއެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ކްލިޕަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 99 ޕޮއިންޓުން ކްލިޕަރސް ކާމިޔާބުކުރިއިރު ވޮޝިންގޓަން ވިޒަޑްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 103 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. އަދި ނިއުޔޯކް ނިކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 107 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 104 ޕޮއިންޓް 87 ޕޮއިންޓުން ތަންޑަރ ކާމިޔާބު ކުރިއިރު ސެން އެންޓޯނިއޯ ސްޕަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 108 ޕޮއިންޓުން ކަމިޔާބުކުރީ ސްޕަރސްއެވެ. އަދި ނިއުއޯލިއަންސް ޕެލިކަންސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 101 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު ސެކްރެމެންޓޯ ކިންގްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 111 ޕޮއިންޓުން ކަމިޔާބުކުރީ ކިންގްސްއެވެ.