ޚަބަރު

މާލެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


މާލެތެރޭގައި ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުޙުމަތުގައި 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭތެރޭގައި ހަމަނުޖެހުން ހިންގާ މާލޭގެ އަމަން އަމާންކަން ނަގާލަން މަސައްކަތްކުރި ކަމުގެ ތުޙުމަތުގައި އިއްޔެއިން ފެށިގެން ރެއާ ހަމަޔަށް 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލުމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންެގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ސިފައިން ދަނީ މާލެ ތެރޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި މާލޭތެރޭގައި ހަމަނުޖެހުން ހިންގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެކަމަށް ފުލުހުން ހާމަކުރެއެވެ.