ޚަބަރު

ނޫސްވެރިންގެ އަގުވަޒަން ކުރުމަށް ގިނަ ދާއިރާތަކުން އިނާމް ދެނީ


ނޫސްވެރިންގެ
ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަންނަ އަހަރު ، އިތުރު ދާއިރާތަކުން
އިނާމް ދިނުމަށް މިޑިއާ ކައުންސިލުން ނިންމައިފިއެވެ.



މިޑިއާ
ކައުންސިލުން މިއަދު މިޑިއާތަކަށް ފޮނުވި ސީޓީއެއް ގައި ވިދާޅުވެފައިވަނީ
ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ހަތަރު ދާއިރާއަކުން ނަވާވީސް
އިނާމެއް ދިނުމަށް މަޝްވަރާކޮށްފައިވާ ކަމަށް އަދި  މީޑިއާތަކުން އެވޯޑް ދިނުމަށް ހުށަހަޅާފައިވާ
ދާއިރާތައް އިސްކަންދެއްވާ ތަރުތީބު އަންގައިދިނުމަށް ވަނީ އެދިފައެވެ.



މިއަންނަ އަހަރު
އިނާމް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ، އިޖުތިމާޢީ ، ވިޔަފާރި،
ބޭރު ޚަބަރު، ސިޔާސީ ، ކުޅިވަރު މަޖިލިސް އަދި ޑޮކިއުމެންޓްރީ ، އާއި ފޮތޯ
ނެގުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް އިނާމް ދިނުމަށް ވަނީ
ނިންމާފައެވެ. މީގެ އިތުރުން ނިވްސް އެންކަރިން އާއި ނޫސްވެރިކަމުގެ
ދާއިރާކުރިއެރުވުމަށް ކުރަމުންދާ މަސައްކަތާއި ، ލައިފްޓައިމް އެޗީވްމަންޓް
އިނާމްވެސް ފާހަގަކުރެވެއެވެ.



ވީހާވެސް ގިނަ
ފާރާތަކަށް މި އިނާމް ދިނުމަށްޓަކައި މީޑިއާ ކައުންސިލުން ވަނީ މިޑިއާތަކުން
އިނާމް ދޭނެ ދާއިރާތައް ފާހަގަކުރައްވާ ، ހިމަނަންބޭނުންވާ އެހެނިހެން
ކަންކަންވެސް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ ނަވާވީހާހަމައަށް ދީފައެވެ.



ނޫސްވެރިކަމުގެ
ޤައުމީ އިނާމް ދޭން ފަށާފައިވަނި މީގެ ދެއަހަރުކުރިން. ވޭތުވެ ދިޔަ ދެ އަހަރުވެސް
އިނާމް ދީފައިވަނީ ޓީވީ ، ރޭޑިއޯ އަދި ނޫސްމަޖައްލާ އިން ފާހަގަކުރެވޭ ނޫސްވެރިންނަށެވެ.