ޚަބަރު

މި ނާޒުކު ދަނޑިވަޅުގައި ޕާޓީ އޮތީ ރައީސް އާއި އެކު -ޕީޕީއެމް


މި ނާޒުކު ދަނޑިވަޅުގައި
ރައީސުލްޖުމުހޫރިއްޔާ އާއި ސަރުކާރުން އެދިވަޑައިގަންނަވާ އެއްބާރުލެއްވުމާއި
އެހީތެރިކަން ދެއްވުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ޕީޕީއެމް އިން ދެއްވާނެ
ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.



ޕްރޮގްރެސިވް ޕާޓީ
އޮފް މޯލްޑިވްސް ، ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް
އަށް ދެއްވަން ޖެހޭ އެއްބާރުލެއްވުން ދެއްވުމަށްޓަކައި ކުރީގެ ރައީސް އަލްއުސްތާޛު
މައުމޫން އަބުދުލްޤަައްޔޫމްވެސް އިންޑިޔާގެ ބެންގަލޫރަށް ކުރައްވަން ހަމަޖެހިފައިއޮތް
ދަތުރުފުޅު ފަސްކުރައްވާ ރާއްޖޭގައި މަޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.



މިދަނޑިވަޅުގައި
ޕާޓީގެ މުސްތަޝާރު ، ރައީސުލްޖުމުހޫރިއްޔާ ސާބިތުކަމާއި
އެކު އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށްޓަކައި ޕީޕީއެމް އިން ފަޚުރުވެރިވާ
ކަމަށާއި ، އެމަނިކުފާނަށް ދޭންެޖެހޭ ކޮންމެ އެއްބާރުލެއްވުމެއް ދެއްވުމުގައި
ޕާޓީގެ އިސްވެރިންނާއި މެމްބަރުން ފަސްނުޖެހޭކަމުގެ ޔަޤީންކަން ވެސް ބަޔާނުގައި
ދެއްވާފައިވެއެވެ.



އަދި ޕީޕީއެމް ގެ
ވެރިކަން ދެެމެހެއްޓުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހުނު ކޮންމެ
ކަމެއް އެއީ ޕާޓީގެ މެމްބަރުންގެ ވާޖަިބެއްކަމަށް ވުމާއި އެކު ހުރިހާ
މެމްބަރުންވެސް ރައީސުލްޖުމުހޫރިއްޔާ އާއި ސަރުކާރާއި އެކު ސާބިތުކަމާއި އެކު  އެކު ތިއްބެވުމަށާއި އެހީތެރިކަން ދެއްވުމަށް
ޕީޕީއެމްގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.