ޚަބަރު

ފުލުހުންގެ ތަރުޖަމާނު ކަމަށް އޭ.ސީ.ޕީ ނަވާޒް ހަމަޖައްސައިފި


މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނު ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ހަމަޖައްސަވައިފިއެވެ.މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ތަރުޖަމާނެއް އައްޔަންކޮށްފައި މިވަނީ، ކޮމިޝަނަރ އޮފް ޕޮލިސްގެ ތަރުޖަމާނުގެ މަގާމް އުވާލުމަށްފަހުގައެވެ. ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާ ހަރުދަނާކޮށް ހިންގެވުމުގެ ގޮތުން އެއިދާރާގެ ބައެއް މަގާމުތަކަށް ރޭ ވަނީ ބައެއް ބަދަލުތައް ގެންނަވާފައެވެ.