ކުޅިވަރު

އޮކްލަހޯމާ ސިޓީ ތަންޑަރގެ މައްޗަށް ބްރޫކްލިން ނެޓްސް ކާމިޔާބު ހޯދައިފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 147 ޕޮއިންޓް 125 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ހަތަރު ކްއާޓަރގައިވެސް މޮޅަށް ކުޅެފައިވަނީ ނެޓްސްއެވެ. މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 11 އެސިސްޓް ދިން ޖޭމްސް ހާޑޭންއެވެ. އަދި ކައިރީ އަރވިންވެސް ވަނީ އެޓީމަށް 25 ޕޮއިންޓް ހޯދާއިދީފައެވެ. މިމެޗްްގައި ތަންޑަރއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދިން ދެ ކުޅުންތެރިންކަމަށްވާ ޝައި ގިލީޖިއަސް އެލެގްޒެންޑަރ އާއި ތިއޯ މެލެޑަންއެވެ.

މި މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 37 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނެގި ޖޮއެލް އެމްބިޑްއެވެ. އަދި ޓިމްބަރވުލްވްސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދިން މަލިކް ބީޒްލީއެވެ.

މީގެއިތުރުން ލޮސް އެންޖަލިސް ކްލިޕަރސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 116 ޕޮއިންޓް 90 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ޕޯލް ޖޯޖު 26 ޕޮއިންޓް އެޓީމަށް ހޯދާދިން އިރު ކައުހީ ލިއޮނާޑްވަނީ އެޓީމަށް 24 ޕޮއިންޓް ހޯދާދީފައެވެ. އަދި މެޖިކްއަށް އެންމެ ރަގަޅު ކުޅުމެއް ދައްކަދިނީ 24 ޕޮއިންޓް ހޯދާދިން ޓެރެންސް ރޯސްއެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 131 ޕޮއިންޓް 126 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު ސެކްރެމެންޓޯ ކިންގްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 124 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ. އަދި ނިއުޔޯކް ނިކްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 102 ޕޮއިންޓް 81 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ނިކްސްއެވެ.