ޚަބަރު

މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓުކޮށްލަނީ


ހުޅުމާލެ ޢަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިޔާ މީހާ ޑީޕޯޓުކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ.

އިންޑިޔާ މީހާ ޑީޕޯޓުކޮށްލުމަށް ނިންމާފައިވަނީ ފުލުހުން އެމައްސަލަ ތަޙުޤީޤުކުރުމަށްފަހު ޕީޖީ އޮފީހަށް އެމައްސަލަ ހުށަހެޅުމުންނެވެ. ޕީޖީ އޮފީހުން އޭނާ ޑީޕޯޓުކޮށްލުމަށް ނިންމުމާއެކު މިހާރު އޭނާ ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.

އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިމައްސަލާގައި އޭނާ ވަނީ ފުލުހުންގެ ތަޙުޤީޤަށް 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.