ވިޔަފާރި

އެއާރއޭޝިޔާގެ ފުރަތަމަ ފްލައިޓް ރޭ މާލެ އަތުވެއްޖެ


އެއާރ އޭޝިޔާގެ ފުރަތަމަ ފްލައިޓް ރޭ މާލެ އަތުވެއްޖެއެވެ. މިފްލައިޓް ރޭ މާލެ އައިސްފައިވަނީ މެލޭޝިޔާއާގެ ކުއާލަލަމްޕޫރުނެވެ.ކުއާލަލަމްޕޫރުން މާލެއަށް ހަފްތާއަކު 3 ފަހަރު މިފްލައިޓް ދަތުރު ކުރުމަށް ހަމެޖެހިފައިވާކަމަށް އެއާރ އޭޝިއާގެ ރާއްޖޭގެ ޕެސެންޖަރ ސޭލްސް އެޖެންޓް އޯލް އެޗް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.ފްލައިޓްތައް މާލެއައުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 3 ރޭ ކަމަށާއި އެތިން ރެއަކީ ހޮނިހިރު އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ރޭކަމަށް އޯލްއެޗް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މި ފްލައިޓް ކުއާލަލަމްޕޫރުން ފުރާނީ މެލޭޝިޔާ ގަޑިން އިރުއޮއްސި 6:55ގައި ކަމަށާއި އިބްރާހިމްނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސާނީ ރާއްޖެ ގަޑިން ރޭގަނޑު 8:10 ގައިކަމަށް އޯލް އެޗް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.އަދި މާލެއައިން މި ފްލައިޓް ފުރަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑީން ރޭގަނޑު 8:55 ގައިކަމަށާއި، ފްލައިޓް ކުއާލަލަމްޕޫރުގައި ޖައްސާނީ މެލޭޝިޔާ ގަޑިން ފަތިހު 04:30 ގައިކަމަށްވެސް އޯލް އެޗް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އެއާރ އޭޝިޔާގެ ޕްލައިޓް ޓިކެޓް އެއާ އޭޝިޔާގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އެއާރ އޭޝިޔާގެ ފްލައިޓް ޓިކެޓް އޯލް އެޗް މޯލްޑިވްސްގެ މާފަންނު އޮފީހުންވެސް ލިބެން ހުންނާކަމަށް އޯލް އެޗް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.