ޚަބަރު

ފުޓްބޯޅަ އާއި ފުޓްސެލްއަށް ދާއިމީ ހައްލެއް ބޭނުންވޭ - މޯހަން


ފުޓްސަލް އާއި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ވަކިވާންޖެހޭކަމަށް ސުޕަރ ޔުނައިޓަޑް ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ލީގް ފުރަތަމަ ބުރުގެ ކުޅުންނިމި ދެވަނަ ބުރުގެ ދެވަނަ މެޗްގައި ވާދަކުރަނީ ސުޕަރ ޔުނައިޓަޑް ސްޕޯޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މިމެޗަށް ނިކުންނައިރު ސުޕަރ ޔުނައިޓަޑް ސްޕޯޓްސް އޮތީ ލީގް ތާވަލްގެ 5ވަނައިގައެވެ. އެޓީމް 1 މެޗުން މޮޅުވެ، 5 މެޗުން އެއްވަރުވެ، އަދި 1 މެޗުންވަނީ ބަލިވެފައެވެ.

މެޗަށް ނިކުންނައިރު، ފަރިތަކުރުމަށް ދަނޑު އެއްކޮށް ނުލިބުމަކީ ޓީމަށް ދިމާވެފައިވާ މައްސަލައެއްކަމަށާއި ބައެއްކަހަލަ ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، މުޅި ދަނޑު ބޭނުންވިއަސް، ދަނޑު އެއްކޮށް ނުލިބޭތީ ބައެއް ކަހަލަ ކަންތައްތައް ކުރުމަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށް ސަސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ. އަދި އާ ޓީމަކާއި ހަވާލްވެ، ޓީމްގެ ކުޅުންތެރިންގެ ފިޓްނަސް ރަގަނޅު ކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މޯހަން ބުންޏެވެ. ކޯޗް ބޭނުންވާގޮތަށް ޕާސިން ގޭމްއަކަށް މުޅި ޓީމްގެ ކުޅުން ބަދަލްކޮށްލަން އަދިވެސް ވަގުތު ބޭނުންވާކަމަށާއި ނަމަވެސް މިހާރުވެސް މަޑުމަޑުން ޓީމްގެ ކުޅުމަށް ބަދަލްތަކެއް އަންނަމުންދާކަމަށް މޯހަން ބުންޏެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން ކޯޗް މޯހަން ބުނީ ފުޓްސެލްއާއި ފުޓްބޯޅަ ކުޅޭ އެއް ކުޅުންތެރިންތަކެއް ތިބުމަކީ ވަރަށް ކުރީއްސުރެއްވެސް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިކަމެއްކަމަށާއި ނަމަވެސް މިއަދާހަމައަށްވެސް ހައްލުވެފައިވާ މައްސަލައެއް ނޫންކަމަށެވެ. ތަފާތު ދެ ގޮތަކަށް ކުޅޭ ކުޅިވަރަކަށް ވުމުން ކޯޗުންނަށް މިކަމުގައި ވަރަށް ގިނަ އުދަގޫތަކާއި ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށް ސަސްގެ ކޯޗް މުހައްމަދު ޝިޔާޒް ބުންޏެވެ.

"މިއީ އެހެން ޓީމުތަކަށް ކޯޗުކޮށްދިން އިރުގައިވެސް ދިމާވާ މައްސަލައެއް. މިއަދާއި ހަމައަށްވެސް ހައްލުވެފައިވާ ކަމެއްނޫން މިއީކީ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު މިދެ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ވަކިކުރަން އެބަޖެހޭ. މިއީ ވަރަށް މުހިންމުކަމެއް. ފައިން ކުޅުނު ކަމަށްވިއަސް މިއީ ވަރަށް ތަފާތު ދެ ފުޓްބޯޅައެއް. ޖާގައާއި ދުވުމަށް ބަލާއިރުގަ، ފުޓްސެލް ކުޅެފައި އައިސް ފުޓްބޯޅަ ކުޅެންވީމަ، ޓެކްޓިކަލީ ވަރަށް އުދަގޫވާނެ. ފޫޓްސެލްއަކީ މާބޮޑު ޖާގައަކަށް ނުދުވެ، ކުދިކުދި ހަރާކާތްތަކުން ކުޅޭ ކުޅިވަރެއް، އެއާއި ހިލާފަށް ފުޓްބޯޅައިގައި ވަރަށް ބޮޑަށް ދުވެގެން، ހުސްޖާގަތަށް ފުރައިގެން ކުޅޭ ކުޅިވަރެއް ފުޓްބޯޅައަކީ. އެގޮތަށް ބާލާއިރުގައި ބައެއް ކުޅުންތެރިން މަޑުކުރަނީ އެބޯޅަ އަބަދުވެސް ފަޔަށް ކުޅެން. ފަޔަށް ލިބެން އެއީ ފުޓްސެލްގައި އާންމުކޮށް ކުޅޭގޮތް. މިއީ ފުޓްބޯޅައާއި ވަރަށް ތަފާތު ކަންކަން. މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ދަތިވޭ. ކުލަބްތަކުންވެސް ކުޅުންތެރިންނާއި އެއްބަސްވާއިރު، މިއޮންނަނީ މިގޮތަށް އެއްބަސްވެވިފަ. އެހެންވީމަ ސީދާ މިފަދަ ކަންތައްތައް ބަދަލް ކުރަން އެހާ ފަސޭހައެއް ނޫން. މީގައި އެންމެ ރަގަނޅު ގޮތަކީ މިފަދަ މުބާރާތްތައް އޮފްސީޒަންއަކަށް ލެވޭތޯ ބެލުން." ސަސްގެ ކޯޗް މޯހަން ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރުބުނީ މިވަގުތު ޕޮއިންޓް ޓޭބަލް އިންގޮތުން މިމެޗް ވަރަށް ވާދަވެރިވާނެކަމަށާއި އެއްވެސް ޓީމެއް ބަލިވާން ބޭނުން ނުވާނެކަމަށެވެ.
މިމެޗަށް ނިކުންނައިރު ކުލަބް ގްރީން ސްޓްރީޓްސް އޮތީ ލީގް ތާވަލްގެ 6 ވަނާގައި 8 ޕޮއިންޓާއެކުއެވެ. ލީގް ފުރަތަމަ ބުރުގައި އެޓީމް 7 މެޗް ކުޅެފައިވާއިރު، 2 މެޗުން މޮޅުވެ 2 މެޗުން އެއްވަރުވެ 3 މެޗުންވަނީ ބަލިވެފައެވެ. ސަސްއަށްވެސް 8 ޕޮއިންޓް ލިބިފައިވައިރު، ސަސްއަށް ތާވަލް 5ވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެނެވެ. ނިޝްތާރު ބުނީ ކޯޗުންނަށް ނިކުތްއިރު މޯހަންއަކީ އޭނާގެ މުދައްރިސެއްކަމަށާއި މުދައްރިސާއި ދެކޮޅަށް ނިކުންނަން އެއްވެސް ވަރަކަށް ޖެހިލުންނުވާކަމަށާއި ކޮންމެ ކޯޗްއެއްގެ ޕްލޭންގައިވެސް ފައިދާ ހުރި ކަންތަށްތަކާއި އަނެއް ޓީމަށް ފައިދާ ނެގޭނެ ކަންތައްތަކެއް ހުންނާނެކަމަށްވެސް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ. މިމެޗަށް ނިކުންނައިރު ލީގްގެ ދެވަނަ ބުރު މޮޅަކުން ފެށުންވެސް ވަރަށް މުހިންމުކަމަށް ނިޝްތާރު ބުންޏެވެ.

"މިއަހަރު ޓީމްތަށް މިހިރީ ވަރަށް ކައިރިކައިރީގައި. މިދިޔަ މެޗުން ބަލިވުން ވެގެންދިޔައީ ތާވަލްގެ ތިންވަނައަށް ދާންއިން ފުރުސަތު ގެއްލުން. މިހާރު މިއޮތީ ތާވަލްގެ 6ވަނައިގައި. މިހާ ބޮޑު ގެޕެއް މިއައީ. މިހާ ބޮޑު ވެއްޓުމެއް މިއައީ އެންމެ ގޯލެއްގެ ތަފާތުން. އެހެންވީމަ މިއީ ވަރަށް އުނދަގޫ އަހަރެއް. ހުރިހާ ޓީމެއްވެސް ވަރަށް މޮޅަށް ކުޅެމުން އަންނަ އަހަރެއް. އެއްވެސް ޓީމެއް ބައްޔެކޭ ބުނެވޭކަށް ނެތް. މިހުރިހާކަމެއް ސިކުޑީގައި ބަހައްޓައިގެން މިމެޗަށް ނިކުންނާނީވެސް.